ޖާބިރު އެއްވެސް ފައިސާއެއްނުދޭ، ހަދަނީ ކަނޑައެޅިގެން ދޮގު: މައުމޫން އޮފީސް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއްކަމުގައި ރައީސް މައުމޫންގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ އަބްދުﷲ ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގަ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާ އަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިކަމުގައި ރައީސް މައުމޫން ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
މިޓްވީޓާ ގުޅިގެން ރައީސް މައުމޫންގެ ފަރާތްޕުޅުން މިރޭ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަބްދުﷲ ޖާބިރު ކުރައްވާފައިވާ ޓްވީޓްގައި އެމަނިިކުފާނު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
”ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.“ ބަޔާނުގައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ދާދިފަހުން އައްޔަންކުރައްވާފައިވާ ޖަބިރަކީ މީގެކުރިންވެސް މިފަދަ ބޮޑެތި ދޮގު ތުހުމަތުތަށް މީހުންގެ މައްޗަށް ކުރައްވާ ފަރާތެއްކަމަށް ބައެއް އާންމު ރައްޔަތުންގެންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ