ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން އިބްރާހިމް ފައިސަލް ހަނީމުނު ދަތުރަށް މޯލްޑިވިއަނަށް ދައްކަންޖެހޭ ފައިސާ އެތައް ފަހަރަކު ގުޅައިގެންވެސް ނުދެއްކުމުން، ދައްކަންޖެހޭ ފައިސާގެ އިންވޮއިސް ލީކްކޮށްލުމުން އެ ފައިސާ ދައްކަވައިފިއެވެ.
އިބްރާހިމް ފައިސަލް މޯލްޑިވިއަން އަށް ދެއްކެވި ފައިސާއަކީ ފައިސަލް އާއި އޭނާގެ އަނބިކަނބަލުން 2017 ވަނަ އަހަރު ތިން ގައުމަކަށް ޗުއްޓީއަށް ވަޑައިގަތުމަށް، ކްރެޑިޓް އެގްރިމަންޓެއް ހަދައި މޯލްޑިވިއަން ހޮލިޑޭސް އިން ދޫކޮށްފައިވާ ޓިކެޓަށް ތާރީހަށް ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއާއި ޓިކެޓުގެ ފައިސާއެވެ.
މޯލްޑިވިއަން ހޮލިޑޭސް އިން އިބްރާހިމް ފައިސަލް އާއި އޭނާގެ އަނބިކަނބަލުންނަށް ޓިކެޓް ދޫކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ކްރެޑިޓް އެގްރިމެންޓްގެ ދަށުން އެ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޓިކެޓް ފައިސާ މޯލްޑިވިއަންނަށް ދައްކަން ޖެހެއެވެ.
އިބްރާހިމް ފައިސަލް އާއި އޭނާގެ އަނބިކަނބަލުންގެ ޓިކެޓަށް ޖުމްލަ 112،350 ރުފިޔާ އަރައެވެ. އަދި ތާރީހަށް ފައިސާ ނުދެއްކުމުގެ ސަބަބުން އިންޓަރެސްޓަށް 44،940 ރުފިޔާ އިއްޔެ އާ ހަމައަށް ވަނީ އަރާފައެވެ.
ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން މޯލްޑިވިއަން ގެ އޮފިޝަލަކު ވަނީ އިބްރާހިމް ފައިސަލް އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ އިއްޔެ ހަވީރު ދައްކާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
އިންވޮއިސް ލީކްކޮށްލުމުން އަދުރޭ ދަރިފުޅު މޯލްޑިވިއަނަށް ފައިސާ ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ