މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފަސް އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
ޔެލޯ އެލާޓު ނެރެފައިވަނީ ލ. އތަޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ. އެއީ މިރޭ 9:30 ން މެންދަމު 1:30 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދަށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ދެކުނަށް މޫސުން ގޯސްވެ، ޔެލޯ އެލާޓު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ