ރައްޔިތުން ބޮޑުތަނުން ބުނީ ނޫނެކޭ، ނަތީޖާ މުޅިދުނިޔެ ގަބޫލުކޮށްފި، ދެން ކިހިނެއް ބާތިލު ކުރާނީ- ގާސިމް

މިމަހުގެ 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރަށް ރައްޔިތުން “ބޮޑު ތަނުން” ނޫނެކޭ ބުނެފި ކަމަށާއި އަދި މުޅިދުނިޔެވެސް ނަތީޖާ ގަބޫލު ކޮށްފައި ވަނިކޮށް ދެން އިންތިޚާބުގެ ނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ދެން އެއްވެސް ފަރާތަކުން ބާތިލު ކޮށްފިނަމަ ކުރިމަތިލާންޖެހޭނީ މުޅިދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކަމަށެވެ. އެހެންވެ އެކަންކަމާ ކުރިމަތިލައި އެންމެ މީހަކު ވެރިކަމުގައި ބަހައްޓަން ވެގެން ރައްޔިތުން ބަނޑަށް ޖެހެން ބޭނުންތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމުން ކޯޓަށް ދިޔަސް ހުރިހާ ކޯޓަކުންވެސް ވަރަށް ރަނގަޅަށް ބައްލަވަންޖެހޭނެ ކަމަށާއި އިންތިޚާބު ބާތިލު ކުރަންޖެހޭނެ އެއްވެސް ގޮތެއް ނުފެންނަ ކަމަށެވެ. ދިވެހި ރައްޔިތުން ވޯޓުގައި ބޮޑު ތަނުން ނޫނެކޭ ބުނެފައި ވަނިކޮށް ދެން އިންތިޚާބު ބާތިލު ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް މައުމޫނުވެސް އަދި އެމަނިކުފާނުވެސް ކަފާލާތުގެ އުސޫލުން ދޫކުރެވެން ގާނޫނުގައި ކުރިންވެސް އޮތް ކަމަށާއި ނަމަވެސް އެކަން ނުކުރެއްވީ ބާރުވެރި ފަރާތަކުން ބާރު ފޯރުވައިގެން ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަނީ ކޮންބަޔެއްކަން އިތުރަށް ބުނެދޭން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ