މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތަށް ޕްރައިމަރީ އަކާ ނުލާ ޖުމުހޫރީ ޕާޓީގެ ޓިކެޓު ދޭން ޖުމުހޫރީ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިޙު 'ސަން'އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެ 12 މެމްބަރުންގެ ތެރެއިން ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި 7 މެމްބަރުންނަށްވެސް ޕްރައިމަރީއަކާއި ނުލާ ޓިކެޓު ދިނުމަށް އެ ޕާޓީގެ ކައުންސިލުން މީގެ ކުރިން ނިންމާފައިވާކަމަށެވެ.
ޖުމުހޫރީ ޕާޓީން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ނިކުންނާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީއެއް ނުބޭއްވި ނަމަވެސް އެ ޕާޓީން ޓިކެޓު ދޭ ގޮތަށް ނިންމާފައިވަނީ ކޮމިޓީއަކުން ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް ބެލުމަށްފަހުގައެވެ. މެމްބަރު އަމީތުއަށް ޓިކެޓު ދީފައިވީ ނަމަވެސް ވާދަ ކުރައްވާނެ ދާއިރާއެއް އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މަޢުލޫމާތު ލިބޭ ގޮތުގައި މެމްބަރު އަމީތު ދެވަނަ ދައުރަކަށް މަޑުއްވަރީ ދާއިރާއަށް ކުރިމަތިލުމަށް ވަނީ ނިންމަވާފައެވެ.
ގޮނޑި ގެއްލުނު 12 މެމްބަރުންނަށްވެސް ޕްރައިމަރީއަކާ ނުލާ މަޖިލިސް އިންޠިހާބަށް ޓިކެޓު ދިނުމަށް ކޯލިޝަން ލީޑަރުން މީގެ ކުރިން ނިންމާފައިވާކަމަށް ކޯލިޝަންގައި ހިމެނޭ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވަނީ ވިދާޅުވެފައެވެ.
ޕްރައިމަރީ އަކާ ނުލާ ޖުމުހޫރީ ޕާޓީގެ ޓިކެޓު މެމްބަރު އަމީތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ