މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ ފަސް އަތޮޅަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ ފަސް އަތޮޅު ކަމުގައިވާ ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިރޭ 11:25ގަ އެވެ.
މި އެލާޓްގައި ބުނެފައިވަނީ މިރޭ 11:45 އާއި ފަތިހު 04:30 އާއި ދެމެދުގެ ވަގުތުތަކުގައި ލ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ