އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދިނުމަށް އުނގޫފާރު ދާއިރާގައި ބާއްވާ ޕްރައިމަރީގައި ބައިވެރިވާން އިބްރާހީމް ނަސީރު ފޯމު ހުށައަޅައިފިއެވެ.
އިއްޔެގެ ވަގުތެއްގައި އިބްރާހީމް ނަސީރު ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ 200 މީހުންގެ ސޮޔާއެކު ފޯމުހުށައަޅާފައެވެ. އިބްރާހީމް ނަސީރަކީ އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށައެޅި 4 ވަނަ ކެނޑިޑޭޓެވެ.
މިހާތަނަށް ފޯމު ހުށައަޅާފައިވަނީ
1 މުހައްމަދު ވަހީދު (ވައްޑެ)
2- އަބްދުލް ބާރީ ހުސައިން
3- ހުސައިން ޝިހާމް
4- އިބްރަހީމް ނަސީރު
Rayyithunge Majlis 2019 MDP Primary ga R.Ungoofaaru Dhaaira ah vaadha kurevvumah Ibrahim Naseer @MDPSecretariat ah Form husha’alhuvvaifi pic.twitter.com/QNE5NSzXkG
— MDP Secretariat (@MDPSecretariat) December 17, 2018
00 ޓެގްރައްޔިތުންގެ މަޖިލިސް
އެމް.ޑީ.ޕީ އުނގޫފާރު ދާއިރާގެ ޕްރައިމަރީ – އިބްރާހީމް ނަސީރު ފޯމް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ