ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުކަމުގެ މަގާމަށް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.
ގާސިމް ވަނީ މިރޭ ބޭއްވި ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފޯމު، އެ ޕާޓީގެ ރައީސް އަލީ ވަހީދާ ހަވާލުކޮށްދެއްވައިފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ގާސިމް އިބްރާހީމަށް ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. ގާސިމް މިއަދު ފޯމް ހުށަހަޅުއްވާފައިވާ އިރު، ގާސިމަށް އިއްވި ޖަލު ހުކުމް އިއްޔެ ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. މިއަހަރުގެ ޖޫން މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވީ ނައިބު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާއެވެ.
ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ގާސިމް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ