އައްޑޫ ސިޓީގައި ކުށްކުރުން އިތުރުވެ، ރައްޔިތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް "އަފިރިންގެ އަމާން އައްޑޫ ސިޓީ" ގެ ނަމުގައި އައްޑޫ ސިޓީގައި ފުލުހުން ހިންގަންފެށި އޮޕަރޭޝަންތަކުގެ ސަބަބުން އައްޑޫ ސިޓީގައި ކުށްމަދުވެ، ކުށުގެ ބިރުވެރިކަން ކުޑަވެފައިވާ ކަމަށާއި ޕޮލިސް ކަމިޝްނާ ހަސަން ވަހީދު ކުރައްވާ މަސައްކަތް އައްޑޫ ރައްޔިތުން ބަލައި ގަންނަ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެއްޖެ އެވެ.
"އަފިރިންގެ އަމާން އައްޑޫ ސިޓީ" ގެ ނަމުގައި ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ފުލުހުން އައްޑޫން ބޭރުކުރުމަށް ގޮވާލި ސޯބެ، ޝަރަފުއްދީން ސްކޫލްގައި ފުލުހުން ބޭއްވި "އަފިރިންގެ ރެއި 2103" ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ 2012 ފެބްރުއަރީ 08 ގެ ފަހުން އައްޑޫ ސިޓީގައި ކުށްކުރުން އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޭރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަަަވައިގެން މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު އައްޑޫ ސިޓީއަށް ވަޑައިގެން “އަފިރިންގެ އަމާން އައްޑޫ ސިޓީ” ނަމުގައި އައްޑޫ ސިޓީ ޕޮލިސް އާއި ގުޅިގެން ފެއްޓެވި ޕްރޮގްރާމްގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަމާން ސިޓީއެއްގެ އިޙްސާސް ކުރެވިގެން ގޮސްފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ އެ ދުވަހު ފެށި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމުން މިއަދު އައްޑޫ ސިޓީއަކީ ކުށްމަދު، އަމާންތަނެއްކަން އައްޑޫ ސިިޓީގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަމައްޓަކައި އައްޑޫ ސިޓީގެ ރައްޔިތުންގެ ނަމުގައާއި މޭޔަރ އަމިއްލަ ނަމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދަށާއި ފުލުހުންނަށް މޭޔަރު ޝުކުރު އަދާކުރެއްވި އެވެ.
ފުލުހުން އައްޑޫގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގެ ސަބަބުން އެސްއޯ ފުލުހުންގެ ދެކުނު އިސްކޮށް ހުންނެވި ހަސަން މުހައްމަދު (ޝަންކަރު) އާއި ކުރީގެ ޕޮލިސް ކަމިޝަނާ އަބްދުﷲ ރިއާޒް ރައްޔިތުންގެ މަޖިލީހުގެ 241 ވަނަ ކޮމެޓީއަށް ގެންދިއުމަށް ހުށަހެޅުއްވި ސޯބެ ވިދާޅުވީ އައްޑޫގައި ފުލުހުން މިހާރު ޙަރަކާތްތެރިވަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ސޯބެ ވިދާޅުވީ މާލެ ފިޔަވައި އަތޮޅެއްގައި ސީސީ ޓީވީ ކެމެރާ ހަރުކޮށް، އޭގެ ޒަރީޢާއިން ކުށްކުރާ މީހުން ދެނެގަނެ، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފެށިގެންދިޔައީ އައްޑޫ ސިޓީގައިކަން ވަރަށް އުފަލާއެކު ޚާއްޞަ ގޮތެއްގައި ފާހަގަ ކުރައްވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ މިއިން ދޭހަވެގެން ދަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އިސްކަން ދެއްވާ މިންވަރު ކަމަށެވެ.
އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާއި ޙުސައިން ވަޙީދު ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އައްޑޫ ސިޓީއަށް ވަޑައިގެންފައިވާތީ އެކަންވެސް ފާހަގަ ކުރެއްވިއެވެ.
.
އައްޑޫ ސިޓީ ޕޮލިސް އިން އިންތިޒާމް ކޮށްގެން ޝަރަފުއްދީން ސްކޫލުގައި ބޭއްވި ޙަފްލާއަކީ އެސިޓީގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތާއި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޙަފްލާއެކެވެ.
"ފުލުހުންގެ ހިދުމަތް އައްޑޫ ރައްޔިތުން ބަލައިގަނޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ