11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ބުރުގާ ޕިނެއް ނަގައިފި
ކުޑަ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާ ޕިނެއް ނަގަން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އިއްޔެ އޮޕަރޭޝަނެއް ކޮށްފި އެވެ. ކާމިޔާބު އޮޕަރޭޝަނަކަށް ފަހު އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނީ، ޕިން ނަގާފައި ވަނީ އުމުރުން 11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ކަމަށެވެ. އައިޖީއެމްއެޗްއިން ބުނީ އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. https://twitter.com/igmhmv/status/1278026324234268672 އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވަނީ އަނގަޔަށް ބުރުގާ ޕިން ފަދަ އެއްޗެހި ނުލުމަށް އިލްތިމާސްކުރައްވައިފައެވެ. ޑޮކްޓަރު ވިދާޅުވީ ބުރުގާ ޕިން ނަގަން ކުރަން ޖެހޭ އޮޕަރޭޝަނަކީ ވަރަށް އުނދަގޫ އަދި ފުއްޕާމޭ ހަލާކުވެދާނެ ކަހަލަ ކަމެއް ކަމަށެވެ. ފަހަކަށް އައިސް ބުރުގާ ޕިން ދިރުވާލެވިގެން އޮޕަރޭޝަން ކުރަން ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެ ފައެވެ. މީގެ ކުރިން ކުޑަކުދިންގެ ފުއްޕާމެއިންނާ، ނޭވާ ހޮޅިންނާއި އަދި ބަނޑުން ވެސް ބުރުގާ ޕިން ނަގާފައިވެއެވެ. އައިޖީއެމްއެޗް އިން ބުނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް އައިޖީއެމްއެޗު އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ