ޒަލަފްގެ ލޯބި މެސެޖަށް މިނިސްޓަރު އައިޝަތު އަލީގެ ޖަވާބު

ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވުމުން ސްކޫލްތަކުގެ ދަރިވަރުންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު އުފަލެކެވެ. ގިނަ ދުވަސްތަކަކަށްފަހު އަމިއްލަ ގެއަށް އާދެވުމުން ކުރެވޭފަދަ ފޮނި އިހުސާސްތަކެއް އެ ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ސްކޫލަށް އަލުން ދެވޭނެ ދުވަހަކަށް ކުރި ދިގު އިންތިޒާރެއްގެ ނިމުމެކެވެ. އެހެން ނަމަވެސް އަދި ޕްރީސްކޫލްގެ ދަރިވަރުންގެ މި އިންތިޒާރަށް ނިމުމެއް ނާދެއެވެ. މިއީ އުނގޫފާރު ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ ޕްރީސްކޫލް ދަރިވަރު ޒަލަފް އޭނާގެ އިހުސާސްތައް ކިޔައިދިން ގޮތެވެ.އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖްތަަބާ ވިދާޅުވި ގޮތުގައި ޒަލަފް އޭނާއާ ބައްދަލުވާ ކޮންމެ ފަހަރަކު އެދެނީ އެންމެ ކަމެކެވެ. އެއީ ސްކޫލަށް ދާން ބޭނުންވާ ކަމަށާއި ސްކޫލަށް ދެވޭނެގޮތް ހަދައިދިނުމަށެވެ. ޕްރިންސިޕަލްއާ ތަކުރާރުކޮށް ޒަލަފު އެސުވާލު ކުރިއެވެ. ޕްރިންސިޕަލްގެ ޖަވާބަކީ އެކަން ކޮށްދެވޭނީ މިނިސްޓަރަށް ކަމަށެވެ. ދެން ޒަލަފު ބޭނުންވީ އޭނާގެ މެސެޖް މިނިސްޓަރަށް ފޯރުކޮށްދޭށެވެ. އަހުމަދު ވަނީ ޒަލަފުގެ އެ މެސެޖް ރިކޯޑްކޮށް އެޑިއުކޭޝަން މިނިސްޓާރ ޑރ. އައިޝަތު އަލީ ޓެގްކުރައްވާ ޓުވިޓާރގައި ޙިއްސާކުރައްވާފާއެވެ.އެ މެސެޖްގައި ޒަލަފް ބުނެފައި ވަނީ އަޅުގަނޑުގެ ނަމަކީ ޒަލަފު ކަމަށާއި ވަރަށް ބޮޑަށް ސްކޫލަށް ދާން ބޭނުންވާ ކަމަށެވެ. އަދި ސްކޫލަށް ގޮސް މަޖާކޮށްލާ ހަދާލަން ބޭނުންވާ ކަމަށެވެ.The sweetest message I received today ❤ Like Zalaf many children are eagerly waiting to return back to school. Insha Allah, we will be able to open our school doors to all the students soon. pic.twitter.com/qSkcF0B7vu— Aishath Ali (@aisthly) July 8, 2020މިނިސްޓާރ ވަނީ ޒަލަފުގެ މެސެޖް ލިބިއްޖެ ކަމަށް ވިދާޅުވެ، ޒަލަފުގެ މެސެޖް ޓްވިޓާގައި ޙިއްސާކުރައްވާފައެވެ. “މިއީ މިއަދު އަޅުގަނޑަށް ލިބުނު އެންމެ ލޯބި މެސެޖް. ޒަލަފްއޭ އެއްގޮތަށް އެތައް ކުދިންނެއް ކެއްމަދުވެފައި ތިބީ ސްކޫލަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސްކޫލްތަކުގެ ދޮރުތައް ވަރަށް އަވަހަށް ހުރިހާ ދަރިވަރުންނަށް ހުޅުވާލެވޭނެ” އިނގިރޭސި ބަހުން މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.މިނިސްޓަރުގެ މި ޓުވީޓު ވެެގެންދާނީ ޒަލަފު ފަދައިން ސްކޫލަށް ދާހިތްވެފައި ތިބި އެތައް ދަރިވަރުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިއްވަރަކަށެވެ. އަދި ޒަލަފުގެ މެސެޖަށް މިނިސްޓަރ ޖަވާބު ދެއްވުމުން މިކަން ވެގެން ގޮސްފައި ވަނީ ޒަލަފްއަށް ލިބޭނެ ވަރަށް ޙާއްސަ އުފަލަކަށެވެ.ފުރަބަންދުގުގެ ގިނަ ދުވަސްތަކުގެ ދަށުން އާ އާންމު ހާލަތުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ސްކޫލްތައް ހުޅުވާފައިވީ ނަމަވަސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ހަގު ކުޑަކުދިންނަށް ކަމުގައި ވާތީ ޕްރީސްކޫލްގެ ދަރިވަރުންނަށް އަދި ސްކޫލްތަކަށް ނެރޭކަށް ނުފަށައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ