ވައްކަމުގެ މައްސަލައެއްގައި ހޯދާ މީހެއްގެ ފޮޓޯ އާންމުކޮށްފި

ވައްކަމުގެ މައްސަލައެއްގައި ހޯދާ މީހެއްގެ ފޮޓޯ އާއި ވަނަވަރު އާންމު ކޮށްފި އެވެ.
ހޯދަން އިއުލާނު ކޮށްފައި ވަނީ ނ. މިލަދޫ، ކާނޭޝަންމާގޭ އުމުރުން 23 އަހަރުގެ އަބޫބަކުރު ފާރިއު އެވެ.
ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ފާރިއު ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށެވެ.
އޭނާ ހާޒިރު ކުރަނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލު ކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ