ކޮވިޑު-19ގެ ހާލަތު ގޯސްވެ އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، އޮންލައިންކޮށް ބިލުތަކަށް ފައިސާ ދެއްކުމަށް ސްޓެލްކޯ އިން އިލްތިމާސް ކޮށްފި އެވެ.
އެކުންފުނިން ބުނީ ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އ ެކުންފުނީގެ ބިިލިން ކައުންޓަރުތައް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ބިލު ދެއްކުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީގެ އިތުރުން މި ގެނެވުނު ބަދަލާއެކު، ކަސްޓަމަރުންނަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމުގެ ގޮތުން، ވެބްސައިޓު މެދުވެރިކޮށް އެއްފަހަރާ އެއް ބިލަށްވުރެ ގިނަ ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވަ ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯއަށް ބިލު ދެއްކުމަށް (https://beta.epay.stelco.com.mv/bills) ބޭނުންކޮށްގެން ފަސޭހަކަމާއެކު ބިލު ދެއްކޭނެ އެވެ.
އޮންލައިންކޮށް ބިލަށް ފައިސާ ދެއްކުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ