އިންޑިއާގެ ކޮވިޑް ފަންޑަށް ހޮލީވުޑްގެ ފަންނާނުން 3.68 މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

އިންޑިއާގެ ކޮވިޑް ރިލީފް ފަންޑަށް ހޮލީވުޑްގެ ފަންނާނުން 3.68 މިލިއަން ޑޮލަރު ހަދިޔާ ކޮށްފިއެވެ.
ހޮލީވުޑްގެ ތަރިން ހަދިޔާ ކުރި ފައިސާގެ ތެރެއަށް ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން ވެސް ވަނީ 15000 ޑޮލަރު ހަދިޔާ ކޮށްފައެވެ. މި ފަންޑަށް ފައިސާ ދީފައިވާ ތަރިންނަށް ބަލާއިރު ވިލް ސްމިތްގެ އާއިލާއިން ވަނީ 50،000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ. ޝޯން މެންޑެސް 50،000، ދަ އެލެން ޝޯ 59،000، ބްރެންޑަން ބާޗާޑް 50،000، ޖެމީ ކާން ލިމާ100،000، ރޯހަން އޮޒާ 50،000، ކެމިލާ ކެބެލޯ 6000 ހަދިޔާ ކުރި ޑޮލަރު ހިމެނެއެވެ.
ލިޔުންތެރިޔާ ޖޭ ޝެއްޓީ ރޯޝަން ވަނީ ހޮލީވުޑް ފަންނާނުންގެ މި އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކުން ޝުކުރު އަދާކޮށްފައެވެ.
އިންޑިއާ މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެހީތެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފަރާތްތަކުން ދަނީ އެހީދެމުންނެވެ. މީސް މީޑިއާ ވަނީ މި އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކޮށްފައެވެ. އިންޑިއާގެ ތެރެއަށް ބަލާއިރު ބައެއް ތަރިން ވަނީ ފައިސާގެ އިތުރުން ބަލިމީހުން ހޮސްޕިޓަލްތަކަށް ގެންދިޔުމާއި، އެމީހުންގެ ބޭސްފަރުވާގެ ކަންތައް އަދި ހޮސްޕިޓަލްތަކުން އެނދު ހޯދައިދިނުމުގެ މަސައްކަތް ވެސް ކޮށްފައެވެ. އެ ގޮތުން ބޮލީވުޑުން އެންމެ ފާހަގަ ކުރެވިފައިވާ އެކަކީ ސޯނޫ ސޫދު އެވެ. އޭނާ ވަނީ އެތައް ސަތޭކަ ބަޔަކަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިންޑިއާގެ ކޮވިޑްގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ. ފައްސިވާ އަދަދު ގިނަވަމުންދާ އިރު މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިންތިހާއަށް މައްޗަށް ޖެހެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ