ހިޔާ މަޝްރޫއިން ފްލެޓު ލިބުނު ފަންނީ ދާއިރާގެ މީހުން އިތުރު މަޝްރޫޢަކުން ފުލެޓް ލިބޭގޮތަށް ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ ހިޔާ މަޝްރޫއިން ފްލެޓު ލިބުނު ފަންނީ ދާއިރާގެ މީހުން ފްލެޓު ދޫކޮށްލަން އެދޭނަމަ މި މަހުގެ 19 ވާ ހޯމަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ ހިޔާ މަޝްރޫއުއިން ފްލެޓު ދޫކޮށްލާ ފަރާތްތަކަށް މި ސަރުކާރުން އެންމެ އަވަހަށް ހިންގާ މަޝްރޫއަކުން ބޯހިޔާވަހިކަން ދޭނެކަން ކަށަވަރުކޮށްދޭއިރު އެތަންތަނަކީ ތަނުގެ އަގު އެތަނެއްގެ ފެންވަރާ އެއްގޮތަށް ހިފެހެއްޓިފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓުތަކަށް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަންނީ ދާއިރާތަކުން ހިޔާ މަޝްރޫއުގެ ފްލެޓު ލިބުނު މީހުންނަށް އެ ފްލެޓުތައް ދޫކޮށްލައި އޭގެ ބަދަލުގައި ސަރުކާރުން ދެން އެންމެ އަވަހަކަށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓުހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެގޮތަށް އެދޭނަމަ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަން ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެދިފައިވެއެވެ. އެއިޢުލާނުގައިވާގޮތުން ފްލެޓު ދޫކޮށްލަން އެދޭނަމަ ސިޓީ މެދުވެރިކޮށް، އީމެއިލް، ވަޓްސްއެޕް އަދި އެސްއެމްއެސްގެ އިތުރަށް އެ މިނިސްޓްރީގެ ފޯން ނަމްބަރުތަކަށް ގުޅައިގެންވެސް އެކަން އެންގޭނެކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ