ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާފައި ވަނީ މާލޭ ދަފްތަރު 3087 އަލީ އާދަމާއި ހއ. ކެލާ ދެރަހަ އާދާމް އާރިފެވެ. މި ބޭފުޅުންގެ ތެރެއިން އަލީ އާދަމް މިހާތަނަށް ހުންނެވީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމުގަ އެވެ. އާދަމް އާރިފް މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމުގައެވެ. އޭނާ އަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ރޭސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2560 އާދަމް އިބްރާހީމް އިސްމާޢީލް އާއި ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދެވެ. މިފެ ބޭފުޅުން މިހާތަނަށް ތިއްބެވީ މެޖިސްޓްރޭޓުންގެ ގޮތުގައެވެ.
ރޭގެ ރަސްމިއްޔާތުގައި ހަތަރު ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ