(ނ.ކެނދިކުޅުދޫ) ކެނދިކުޅުދޫ ކައުންސިލުން އިސްނަގައިގެން ރަށުގެ މަސްވެރިންނާއި ޒުވާނުން ގުޅިގެން މަގުގެ ހޭޅިޖައި 10 ފޫޓުންތިރީގައިވާ ގަސްގަހުގެ ގޮފިކޮށައި މަގުރީތިކޮށް ފެންނާނޭހެން ސާފުކޮށްފިއެވެ.
ނ.ކެނދިކުޅުދޫގެ ކެނދިކޮޅުއަވާއި ކުޅުދޫއަވަށް ގުޅިފައިވާ މައި މަގަކީ 2.5 ކިލޯމީޓަރ ދިގު މަގެކެވެ. ބޮޑުބައެއް 50 ފޫޓަށް ފުޅާކުރެވި މަގުމެދުގައި ލައިޓް (ގްލޯބް) ޖަހައިފައިވާ މަގެކެވެ. އަދި މިރަށަކީ ގިނައަދަދެއްގެ ވެހިކަލާއި ސްކޫލް ބަސް ދުއްވަމުން އަންނަ ރަށަކަށްވާތީ މަގުކޮށާ ހޭޅިޖެހުމަކީ ނުހަނު ބޭނުންތެރި ކަމަކަށްވަނީ ވެފައެވެ.
ކެނދިކޮޅުއަވަށުގައި މަގު ސާފުކުރުމުގައު ހަރާކަތެރިވީ ކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވަމުންއަންނަ ދޯންޔެއްކަމުގައިވާ "ޔެލޯފިންދޯނީ" ގެ ބައިވެރިންނާއި ހެޔޮއެދޭބައެއް ފަރާތްތަށް ގުޅިގެންނެވެ. ކުޅުދޫއަވަށުގައި މިކަމުގައި އިސްކޮން ހަރަކާތްތެރިވީ ކުޅުދޫއަވަށުގައި ހިންގަމުންއަންނަ ފޮރެސްޓް ގާރޑަން ރެސްޓޯރަންޓް ގެ ފަރާތުން ހަރަކާތްތެރިވި ޒުވާނުންގެ ޓީމަކުންނެވެ.
ކައުންސިލުން މިހާރުވަނީ ރަށުގެ ހުރިހާގެއަކަށް މިކަމާއި ގުޅޭ ނޯޓިސްފޮނުވާ ރައްޔިތުން ދިރިއުޅެމުން އަންނަ ގޭބިސީތަކުން ވެސް މިގޮތަށް އަމަލްކުރުމަށް ދަންނަވާފައިކަމަށް އެރަށުގެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އެރަށުގެ ކައުންސިލުން ވަނީ މިކަމުގައި އެކިއެކި ފަރާތްތަކުން ކަނުންސިލްއަށް ދެއްވި އެއްބާރުލެއްވުމަށާއި ވެދެއްވި ދީލަތި އެހީފުޅުތަކަށް ނ.ކެނދިކުޅުދޫ ކައުންސިލްގެ ނަމުގައި އެންމެހައި ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.
ކެނދިކުޅުދޫގެ ދެއަވަށް ގުޅިފައިވާ މައިމަގު ރަށުގެ ރައްޔިތުން ގުޅިގެން ސާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ