ނޫސްވެރިން މަސައްކަތް ކުރަމުން ދަނީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ސިޔާސީ ކުރަން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އުމަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރިލްވާންގެ މައްސަލައިގައި ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރ އުމަރު ވިދާޅުވީ "ރިލްވާން އަކީ މަދު ބަޔަކު ދަންނަ ނޫސްވެރިއެއް" ކަމަށެވެ.
ރިލްވާން އަކީ ނޫސްވެރިއެއްކަން އެނގިވަޑައިގެންނެވީ ވެސް ރިލްވާން ގެއްލުމުން ކަމަށް ކަމަށް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.
ރިލްވާން ގެއްލުމުގައި ސަރުކާރުގެ އަތެއް އޮތްކަމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް ދޮގު ކުރައްވާ މިނިސްޓަރ ވިދާޅުވީ "ރިލްވާން ފޮރުވައިގެން އަނިޔާ ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް" ކަމަށެވެ.
ނޫސްވެރިން މިހާރު މުޒާހަރާ ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ބުނެގެން ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރ އުމަރު ވިދާޅުވީ ރިލްވާން މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނެގެން ނޫސްވެރިން މުޒާހަރާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރިލްވާންގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތެއް ވާކަމަށް ތުހުމަތު ކުރެވޭއިރު މިނިސްޓަރ ވިދާޅުވީ އަދީބު ހުރީ މިހާރު ވެސް ބަންދުގައި ކަމަށެވެ.
ނޫސްވެރިން އުޅެނީ ރިލްވާން މައްސަލަ ސިޔާސީ ކުރަން – މިނިސްޓަރ އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ