2012 ވަނަ އަހަރުގެތެރޭ 22 ދުވަސްވަންދެން މެދުކެނޑުމެއްނެތި އޭރުގެ އިދިކޮޅު ފަރާތްތަކުން ނިކުމެ ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުންނަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ޝުކުރުއަދާކުރައްވައިފިއެެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައިތާ 4 އަހަރު ފުރުނު ދުވަހާއި ދިމާކޮށް އޭނާ ރޭ ކުރެއްވި ޓްވީޓްތަކެއްގައެވެ.
އޭގެ އިތުރުންވެސް އުމަރު ކުރެއްވި ޓްވީޓްތަކުގައި ރައީސް ނަޝީދަކީ ޑިކްޓޭޓަރެއް ކަމަށް ސިފަކުރައްވާ، އެމަނިކުފާނުގެ ވެރިކަން ވެއްޓިގެން ދިޔައީ ދިވެހިރާއްޖެއަށް 'އަރަބް ސްޕްރިނގް' އައުމުން ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި އުމަރު ނަސީރަކީ އިސް ރޯލެއް އަދާކުރެއްވި ފަރާތެކެވެ. އަދި އޭރުގެ މުޒާހަރާއެއްގެ ތެރެއިން ހަރުގަނޑެއް ބޭނުންކޮށްގެން ސިފައިންގެއަށް ވަންނާނެ ކަމަށް ބުނުމުން އުމަރުގެ މައްޗަށް ދަޢުވާވެސް އުފުލިއެވެ. އެހެން ނަމަވެސް، އެ ދައުވާ މިހާރު ވަނީ އަނބުރާ ފޮނުވާލާފައެވެ.
7 ފެބްރުއަރީގައި ނިކުތް މީހުންނަށް އުމަރު ޝުކުރު އަދާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ