މިއަހަރުގެ މިހާތަނަށް ލިބިފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތަކަށްބަލާއިރު ކުރިން އަންދާޒާކުރެވިފައިވާ މިންވަރަށް މިދާއިރާ ކުރިއަރާނެކަމަށް ލަފާނުކުރެވޭތީ އިޤްތިޞާދީ ދުވެލި މިހާރު އަންދާޒާކޮށްފައިވާ މިންވަރަށް ވުރެދަށްވުމަކީ އެކަށީގެންވާކަމެއް ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން އާންމު ކޮށްފައިވާ ފާއިތުވި ޖުލައިމަހުގެ އިޤްތިސާދީ ރިވިއުގައި ބުނެފައިވަނީ ޖޫންމަހު ރާއްޖެއަށް 79.34 ފަތުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް މިއީ އޭހެ ކުރީ އަހަރާ އަޅާ ބަލާއިރު ތިނެއް އިންސައްތަ ދަށް އަދަދެއް ކަމަށެވެ. ފަތުރުވެރިން އައުން މަދުވެފައިވަނީ ޗައިނާ އިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ޖޫން މަސް ނިމުނުއިރު، ރާއްޖޭގެ އިޤްތިޞާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދަކީ 31.9 ބިލިއަން ރުފިޔާއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރުން އަހަރަށް ބަލާއިރު ޖުމްލަ ފައިސާ އިތުރުވިމިންވަރުވަނީ 2016 ވަނަ އަހަރުގެ މެއި މަހު 11 އިންސައްތައިގައި ހުރުމަށްފަހު ޖޫން މަހު އިންސައްތަ އަށް ދަށްވެފައެވެ. މީގެ ސަބަބަކީ އަހަރުންއަހަރަށް ބަލާއިރު، ބޭންކިންގ ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓްސްއިތުރުވި މިންވަރު ދަށްވުމާއި ފޮރިން އެސެޓްސް ދަށްވެފައިވާ މިންވަރުވޭތުވެ ދިޔަ މެއި މަހާ އަޅާބަލާއިރު އިތުރު ނުވުންކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްހުރީ 622.6 މިލިއަން ޔޫއެސް ޑޮލަރެވެ. މިއީ ފާއިތުވި މެއިމަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒަރވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 209.4 މިލިއަން ޔޫއެސް ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު އެއް އިންސައްތަ އިތުރު އަދަދެކެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ، 11 އިންސައްތަ ދަށް އަދަދެކެވެ. ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ، ބޭންކްތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ޑޮލަރު ވިއްކަން ޖެހުނު އަދަދު މިދިޔަ މުއްދަތުގެ ތެރޭގައި އިތުރުވުމެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ދުވެލި މަޑުޖެހިފައިވާތީ އިގުތިސޯދީ ދުވެލި ދަށް - އެމްއެމްއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ