އިސްގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލަ އެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލްވުމުގައި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާ އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އެ ކޮމިޝަނުން ވަނީ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލަ ބެލުމަށް ނިންމާފައެވެ. އެއީ ޖުލައި 24، 2019 ގައެވެ.
މިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެންމެ މަތީ ކޯޓުން ފެށިގެން ދަށުގެ ކޯޓްތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ. އެ ހުށައެޅުމާ އެއްގޮތަށް މަޖިލީހުން ފާސްކޮށްގެން ގިނަ ފަނޑިޔާރުންތަކެއް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އެންމެ އިސް ކޯޓް ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ