ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ޔޫއޭއީގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ދެދުވަހުގެ ދަތުރުފުޅެއްގައި އަބޫދާބީއަށް ވަޑައިގެންނެވި ކަމަށެވެ. މިއީ ޔޫއޭއީގެ ވަލިއަހުދު އަދި ގައުމުގެ ބޮޑުވަޒީރުގެ ނައިބު މަންސޫރު ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އެ ދަތުރުފުޅުގެ އިތުރު ތަފުސީލެއް ރައީސުލްޖުމްހޫރިއްޔާ އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ. އެ ދަތުރުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ