ދިވެހި ސަރުކާރުން ބޭނުންވަނީ ޗައިނާއެކު ކުރިއަށްދާންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ޗައިނާގެ ޝިންހުއާ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީއާއި އިގްތާދީ ކުރިއެރުމަށް މިހިންމު ގައުމެއްކަމަށެވެ.
"ބޭނުންވަނީ ދެ ގައުމު އެކުގަ ކުރިއަށްދާން. ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި ސިޔާސީ ގުޅުން އަބަދުވެސް އޮންނާނެ އަދި ކުރިއަށް އޮތް ތަނުގައި ހަރުދަނާވެސް ވާނެ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ޗައިނާއަކީ ރާއްޖެއަށް ގިނައަދަދެއްގެ ފަތުރުވެރިން އަންނަގައުމެއްކަމަށެވެ. ރާއްޖޭގެ ގައުމީ އެއާލައިނުން ޗައިނާއަށް ދަތުރުތައް ފަށާފައިވާއިރު ޗައިނާގެ ގިނަ އެއާލައިންތަކުން ވެސް ރާޖެއަށް ދަތުރުފަށަން އެދޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޗައިނާގެ 172،834 ފަތުރުވެރިން އައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކައެވެ. އަދި 2018 ވަނަ އަހަރު ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދަކީ 283،116 އެވެ.
ސަރުކާރުން ބޭނުންވަނީ ޗައިނާއާއި އެކު ކުރިއަށްދާން: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ