އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ހަވީރު ސްޓް ޕާކް ކުރިމަތީގައި ވަޅި ހަރާ މަރާލި މ. ފެއަރީކޯނާ، އަލީ ޝިފާން (ތޮޅި ޕެލޭ) ،33 މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލައިފި އެވ
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ފުލުހުން ހައްޔަރުކުރި 3 މީހުންނަކީ ޝިފާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 3 މީހުން ކަމަށެވެ.
އަދި އެމީހުން ބަންދުގައި ބެހެއްޓުމަށް ރޭ ހާޒިރު ކުރުމުން އެމީހުން ބަންދުގައި ބައިތިއްބަން ކޯޓަށް ނުފެންނާތީ ކޯޓުން ދޫކޮށްލީ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އާސިފް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އަލީ އާސިފާއި މާލޭ ދަފްތަރު، 2193 މުހައްމަދު ސައިފާން އަދި ހދ. ކުމުންދޫ، ފިނިފެންމާގޭ، އަލީ މަލާޝް އެވެ.
ޝިފާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. މި މައްސަލައިގައި 2 މީހަކު ފުލުހުންނާއި އަމިއްލައަށް ހަވާލުވެފައިވެ އެވެ.
ޝިފާންއަކީ އެއްވެސް ގޭންގަކަށް ނިސްބަތްވާ މީހެއްކަމަށް ތަހުޤީޤަށް މިހާތަނަށް ފާހަގަކުރެވިފައި ނެތްކަމަށާއި މާރާމާރީގެ އެއްވެސް މައްސަލައެއްގައި މިހާތަނަށް ހައްޔަރުކުރެވިފައިވާ މީހެއް ނޫންކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޝިފާނުގަޔަށް ވަޅި ހަރައި އެއްލާލާފައި އޮއްވާ ފެނުނީ ސިފައިންގެ މީހަކަށެވެ. އޭނާގެ ގަޔަށް ވަޅި ހެރީ ޖީ.އެން ސައިކަލެއްގައި އައި 2 މީހުން ކަމަށް ފުލުހުން ބުނެފައިވާއިރު ޝިފާންއަށް ދިން ހަމަލާގައި އޭނާގެ ބައިމަތިން ތަނަކަށާއި އަތުގެ ބައެއް ތަންތަނަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.
ޝިފާންގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރި 3 މީހަކު ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ