މޫސުން ގޯސްވެ ބޯކޮށް ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭތީ ށ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ރީނދޫ އެލާޓު މޯލްޑިވްސް މިޓްރޮލޮޖިކަލް ސެންޓަރުން ނެރެފިއެވެ. Yellow alert extended pic.twitter.com/vd62LkIkDv— Maldives Meteorology (@MetMaldives) May 15, 2020މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ރީނދޫ ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހޭނެ ކަމުގައި ލަފާކުރެވޭތީ ކަމުގައެވެ. ބޯކޮށް ވިއްސާރަކުރުމުގެ އިތުރަށް ބާރަށް ގުގުރާނެ ކަމަށްވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ޢާންމު ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދޭތެރޭގައެވެ. ހަމައެހެންމެ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11.00 އިން ފެށިގެން މިއަދު މެންދުރު ފަސް 15.00 އަށެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދާއި މިރޭ ބޯކޮށް ވިއްސާރަކުރާނެއެވެ. އަދި ވިއްސާރައާމެދު ވަރަށް ބޮޑަށް ސަމާލުވުމަށްވެސް ޤައުމީ މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މޫސުން ގޯސްވެ ށ.އަތޮޅުން މ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ