އެމެރިކާ އާއި ދެކޮޅަށް އުރުދުންގެ ރައްޔިތުން މުޒާހަރާ ކޮށްފި

ލިޔުނީ: އައިޝާ މުނާއެމެރިކާއިން އުރުދުންގެ ކަންކަމާއި ނުބެހުމަށް ގޮވަމުން އުރުދުންގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.މިދިޔަ ހުކުރު ދުވަހު ހިންގި މިޙަރަކާތުގައި މުޖާހަރާގެ ބައިވެރިން ވަނީ އެމެރިކާގެ ދިދަ އަންދަމުން އެޤައުމުގެ ސަރުކާރުގެ ކަންތައްތަކާއި ނުބެހުމަށް ގޮވާފައެވެ. އަދި މުޖަހަރާކުރުން ހުއްޓުވުމަށް ސަރުކާރަށް ލަފާ ނޭއެރުމަވެސް ގޮވާފައެވެ. އުރުދުންގައި މިމުޖާހާރަތަށް ބާވަން މެދުވެރި ސަބަބަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއި އަދި އެޤައުމުގެ ސެކްރަޓަރީ އޮފް ސްޓޭޓް ހިލަރީ ކިލިންޓަން އުރުދުންގެ ސަރުކާރާއި ބައްދަލުކޮށް މުޒާހަރާ ކުރުމާއި އަދި އުރުދުންގެ ޤާނޫނުއާއި ޤަވަޢިދުތަކަށް އިސްލާޙްގެނެވުމާއި ބެހޭ ގޮތުން ލަފަފާއެރުވުމަށް  ބައްދަލުކުރުމަށް ހަމަޖެހިފައިވާތީއެވެ.މުޖާހަރާއިގެ ބައިވެރިޔެއް ކަމުގައިވާ މުޙައްމަދު ސަފީން ބުނީ ” އެމެރިކާގެ ކަންތަށް މިހާރު ވަރަށް ބޮޑުވެއްޖެކަމަށާއި މީއީ އެމީހުން ގެ އަމިއްލަ ކަމައެއް ކަމަށާއި އަދި އެމީހުން އެވެސް ކަމަކުން އެމެރިކާގެ މަސްވަރާ ބޭނުން ނުވާނެ”ކަމަށެވެ. އިތުރަށް އެނާބުނީ “މިއެމެރިކާ މީހުން އެހެން މަސައްކަތް ކުރަނީ ހުރިހާ ޢަރަބި ޤައުމަތަކަށް އެމީހުންގެ ނުފޫޒު ފޯރުވުމަށާއި  އަމުރުވެރި ކުރުމަށް”ކަމަށެވެ. “މިމުޒާހަރާތަކަކީ އެމީހުން އެޤައުމުގެ ޢިސްލާހަށް ކުރެވޭ މުޖާހަރާއަށް ވާއިރު މިކަމާއި ބެހޭނެކަމެއް ނެތް” ކަމަށެވެ. “އެމީހުން އެޤައުމަށް އައިސްފިނަމަ އިތުރަށް ހަމަނުޖެހުން ތަކާއި ލޭ އޮހުރުން ގިނަވާނެކަމަށެވެ. މީގެ ކުރިން ވެސް އެމެރިކާ މީހުން ކަމަކާ މެދު މަޝްވަރާކުރަން އުޅެފިނަމަ އެޤައުމެއްގެ ކުށެއް ނެތް ރައްޔެތުން މަރާފައިވާ” ކަމަށެވެ.މުޒާހަރާގެ ބައިވެރިން ވަނީ އެޤައުމުގެ ބޮޑު ވަޒީރު މަޢުރޫފް އަލް ބަޚަތްގެ ވަޢުދުތަކާއި ހިލާފްވެފައި ވާތީ އާއި އަދި  އެޤައުމުގެ އިޤްތިޟޯދީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ނުކުރާތީ އޭނާގެ އިސްތިޢުފާއަށް ގޮވާފައެވެ. އެމީހުން ބުނަނީ އެނާއަކީ ކަރަޕްސަނައަށް މަގުފަހި ކުރާ މީހެއްކަމަށެވެ. އަދި އޮމާންގައި ހިގި މުޒާހަރާއިގައި ފޮލުހުން މީޑިޔާއަށް ބާރުގެ ބޭނުން ކޮންގެން ބިރުދައްކާއި ނޫސްވެރިންނަށް އަނިޔާކޮށްފައި ވާތީ އެކަން ކުއްވެރިކޮށް މީޑިޔާ މިނިވަން ކުރުމަށް ވެސް ބައިވެރިން ގޮވާލިއެވެ.އުރުދުންގެ އެކި އެކި ސިޓީތަކުގައި މިފަދަ ސިލްސިލާ މުޖާހަރާތަށް ކުރަމުން ދެއެވެ. އުރުދުންގެ ރަސްގެފާނުވަނީ ނޫސްވެރިން ނަންދިން ހަމަލާތައް ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރި ކޮއްފައެވެ. ރަސްގެފާނު ވިދާޅުވީ ފުލުހުން އެގޮތަށް ކަންތަށް ކޮއްގެންނުވާނެކަމަށާއި މީޑިޔާއަކީ މިނިވަން ބައެއްކަމަށެވެ. ފުލުހުން ޖެހޭނީ ނޫސްވެރިން ބައިވެރިވާ މިފަދަކަންކަމުގައި އެމީހުންނަށް އެބާރުލުން ދީ ހިމާޔަތް ދޭންކަމަށެވެ. އަދި ސަރުކާރުން ވަނީ މިއަމަލު ހިންގި ފުލުހުން ނަށް އަދަބު ދިނުމަށް ނިއްމާފައެވެ.އުރުދުންގައި ކަރަޕްސަންއާއި ދެކޮޅަށް ކުރެވޭ މިސިލްސިލާ މުޖާހަރާތަށް ކުރިޔައް މިދަނީ މިދިޔަ ޖެނުއަރީ މަހުން ފަށައިގެންނެވެ. މިފަހަރުގެ މުޖާހަރާ ފަށާފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި ރަސްގެފާނު އަބްދުﷲ (2)ވަނަ މުޖަހަރާގެ ބައިވެރިން ބޭނުންވާ ގޮތަށް ހުރިހާކަމެއްވެސް ކޮށްދޭނެކަމަށާއި އަދި އެޤައުމަގައި ވަރަށް އަވަހަށް ރަސްކަން އުވާލާ ޖުމްހޫރީ ވެރިކަމެއް ފަށާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް ފަހުން ރަސްގެފާނުވާނީ މިކަން ކުރުމަށް އަދި 2 ނުވަތަ 3 އަހަރު ހޭދަވެދާނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ