ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތަށް ހޯމް މިނިސްޓަރު ޑރ.މުޙައްމަދު ޖަމީލު އަހްމަދު ނުފޫޒު ފޯރުއްވަމުން ގެންދަވާކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މާލޭގެ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު (ބިގޭ) ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ޙުސައިންގެ ކޮއްކޮ ހުށައެޅުއްވި މިމައްސަލައާއި ގުޅިގެން މުޙައްމަދު ރަޝީދުގެ ޤާނޫނީ ވަކީލު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު ޢަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ ވިދާޅުވެފައިވަނީ އެމައްސަލަ އެމްޑީޕީގެ ނަމުގައި މިއަދު ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ސިވިލް ކޯޓުން މިމައްސަލަ ބޭރުކޮށްފައިވަނީ ހުޅުމާލެ ކޯޓުގައި ރައީސް ނަޝީދާއި ދެކޮޅަށް ކުރިއަށްދާ ޝަރީއަތަކީ މުޙައްމަދު ރަޝީދާއި މަސްލަހަތުގެ ގޮތުން ގުޅިފައިވާ މައްސަލައަކަށް ނުވާތީ އެމައްސަލައިގައި މުޙައްމަދު ރަޝީދަށް ދައުވާކުރުމުގެ ހައްޤު ލިބިގެން ނުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.
އައިޝަތު ލީޝާ ވިދާޅުވި ގޮތުގައި މި މަހުގެ 29 ގައި ހޯމް މިނިސްޓަރު މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަކީ ނަޝީދުގެ ޝަރީއަތް ހިންގުމަށް ފަނޑިޔާރުންނަށް އަސަރުކުރާ ފަދަ ގޮތަކަށް ދައްކަވާފައިވާ ވާހަކަތަކެކެވެ.
“ތިބޭފުޅުން ބައްލަވާ ލެއްވީމަ ފާހަގަކުރެއްވޭނެ، ދާދިފަހުން ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ޑރ. ޖަމީލް ވަނީ ރައީސް ނަޝީދުގެ ޝަރީޢަތް އަވަސްކޮށް އިންތިޚާބުގެ ކުރިން އެމަނިކުފާނަށް ހުކުމް އިއްވަން ޖެހޭނޭ ވިދާޅުވެފަ. އަދި އެގޮތަށް އެކަން ނުވެއްޖެނަމަ ޝަރުޢީ ދާއިރާގެ ޤާބިލްކަމާއި މެދު ސުވާލު އުފެދޭކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ.” އޭނާ ވިދާޅުވި އެވެ.
ޖަމީލާއި ދެކޮޅަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ