ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ކުށުގައި ގާސިމަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުމަށް މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގެ ޝަރީއަތުގައި އިންނަވަނިކޮށް ގާސިމް އަނބުރައި ގަނެގެން ވެއްޓުމާ ގުޅިގެން ޤާސިމް ވަނީ ވަގުތުން އެމްބިއުލެންސްގައި އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަދި އިމަޖެންސީގައި ފަރުވާދެމުން އަންނަކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
ގާސިމް ކޯޓުން ނެރެގެން އެމްބިއުލެންސަށް އެރުވީ ސްޓްރެޗަރުގަ އެވެ.
ޤާސިމްގެ މައްސަލައިގައި މިއަދަށް ތާވަލް ކުރެވިފައިވަނީ ހުލާސާ ބަޔާން ހުށަހެޅުއްމެވެ. އަދި ދެން އެންމެ އަވަހަށް ބާއްވާނީ ހުކުމް އިއްވުމުގެ ޝަރީއަތް ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް މިއީ ސިއްރު އަޑުއެހުންތަކަކަށްވާތީ މިއަދުގެ ޝަރީޢަތުގެ ފުރިހަމަ ތަފްޞީލެއް އަދި ނުލިބެއެވެ.
ގާސިމްގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާއިރު، އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ކަމަށް ބުނެ، މިހާތަނަށް ތިން ފަހަރަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދީފަ އެވެ. ފުރަތަމަ އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލްގަ އެވެ. ފަހުން ދެ ފަހަރު ފަރުވާދިނީ އޭޑީކޭގައި އެޑްމިޓް ކޮށްގެންނެވެ. މިދެ ހޮސްޕިޓަލަކީވެސް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ދެމީހަކު ހިންގާ ދެތަންކަން ފާހަގަކޮށްލެވެއެވެ.
ހާލު ދެރަވެ ގާސިމް ކްރިމިނަލް ކޯޓު ތެރެއަށް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ