ކޮންމެ ހަމަނުޖެހުމަކުން ރައީސް ޔާމީނަށް ދިވެހި ރައްޔިތުން ކުރާ ތާއީދު ހާމަވޭ: ޑރ އަބްދުﷲ ޚަލީލު

އިދިކޮޅު ފަރާތްތަކުން ގައުމުގައި ހިންގަމުންދާ ކޮންމެ ހަމަނުޖެހުމަކުން ހާމަވެގެންދަނީ ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ތައީދުކަމަށް ޕިޕީއެމްގެ ސެކެޓްރީޖެނެރަލް އަދި ނިލަންދޫ ދާއިރަގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. ޚަލީލު މިހެން ވިދާޅުވީ ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޕީޕީއެމްގެ އޮފިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކެޓްރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުއްލި ކުއްލިއަށް މިގައުމުގައި ހަމަނުޖެހުން ހިންގަމުންދާކަމަށާއި އަދި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިއިން ކޮންމެފަހަރަކުވެސް ހާމަވެގެންދަނީ އެއްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލައިގަންނަ މިންވަރާއި އަދި އެމަނިކުފާނަށް ކުރާ ތައީދުކަމަށް އޭނާ ވިދާޅުވިއެވެ.މިބައްދަލުވުގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނައިބް ލީޑަރު އަލީ މައުރޫފް ވިދާޅުވީ ރައީސް ޔާމީނަކީ އަބަދުވެސް ގައުމީ ވިސްނުމެއްގައި ހުންނަވާ ބޭފުޅެއްކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން ބްރާސްފަތި ދުވަހުގެ ރޭ ނެރުއްވި ހުކުމާއި ގުޅިގެން ކުރިމަތިވެފައިވަ ހުތޫރަތްތެރި ދަނޑިވަޅުން އަރައިގަތުމަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ރައީސް ކުރައްވާކަމަށް މައުރޫފް ވިދާޅުވިއެވެ.  މީގެ އިތުރުން ސަރުކަރާއި އެކު ރައްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްއިން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ