ކޭޝް ކާޑެއް ބޭނުންކޮށްގެން ފައިސާ ވަގަށް ނެގި މީހަކު ހޯދަނީ

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކޭޝް ކާޑެއް ބޭނުންކޮށްގެން ފައިސާ ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަށް އިއުލާން ކޮށްފި އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ތ.ގާދިއްފުށި، ޖަވާހިރުމާގެ، ޡަމީނާ އިބްރާހީމް (24އ) އެވެ.
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ