ހޯރަފުށީ ބިމެއް ކުއްޔަށް ދޫކުރި މައްސަލާގައި ކުރީގެ ކައުންސިލަށް ދައުވާކުރަން ފޮނުވައިފި

އޭސީސީން މި ފަރާތްތަކުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ މައިގަނޑު ދެ ކުށަކަށެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އާއި، 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައަކީ ހޯރަފުށީ ކައުންސިލުން އުސޫލުތަކާ ޚިލާފަށް އަމިއްލަ ކުންފުންޏަކަށް ބިން ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ޕީޖީ އޮފީހުން މިހާރު ދަނީ މި މައްސަލަ ދިރާސާކޮށް، ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ