އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް މިއަދު ފަށަނީ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުން މިއަދު ފަށަން ތާވަލްކޮށްފިއެވެ. މިއަދު 3:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމެވެ. އެ ދައުވާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. އެނގިފައިވާ ގޮތުގައި ދެވަނަ ދައުވާއެއް އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައި ވަނީ ހެކި ނައްތާލި ކަމުގެ ތުހުމަތުގައެވެ. ހެކި ނައްތާލި ކަމުގެ ތުހުމަތުގައި އަބްދުﷲ ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ތިން ބޭފުޅުން ހައްޔަރުކުރީ ރައީސް ޔާމީންގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ