ސިޔާސީ މަގުސަދުގައި ހައްޔަރު ކޮށްފައިވާ ނުވަ މީހު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލައި، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން މުޒާހަރާ ކުރަން ނިންމައިފި އެވެ.
އެ މުޒާހަރާ އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މުޒާހަރާ ބާއްވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކުރިމަތީގައި މާދަމާ ހެނދުނު 10:00 އިން 12:30 އަށެވެ.
މި މުޒާހަރާ ބޭއްވުމުގެ ބޭނުމަކީ އޭނާ ބުނިގޮތުގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ކުރި ހުކުމް ތަންފީޒުކުރަން ދިވެހި ރައްޔިތުން ގޮވާލާ ގޮވާލުމުގައި، ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް ބައިވެރިވުމާއި ދިވެހިންގެ މި އަޑު ބޭރުގެ ފަރާތްތަކަށް ވެސް އިއްވުމެވެ.
މިހާރު ޖަލަށް ނުލައި ތިއްބެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ވެސް ރައުޔާއެކު ޖުމުލަ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަށް ސަރުކާރުން އަމަލު ނުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު ވަނީ ހައްޔަރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު މި ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ތުހުމަތު ކުރާ ގޮތުގައި މި ދެ ފަނޑިޔާރުން ވަނީ މައްސަލައާ ގުޅޭ ހެކި ނައްތާލާފައެވެ. އެކަމަށް ތުހުމަތުކޮށް، ހެކި ނައްތާލުމުގެ ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރަން ގޮވާލައި ދިވެހިން ލަންކާގައި މުޒާހަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ