7 ފެބްރުއަރީ 2012 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެރިކަމުން ދުރުކުރުމަށް ކުރެވުނު މަސައްކަތާމެދު އަމިއްލަފުޅަށްވެސް ފަޚްރުވެރިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އުފެދުނު ސިޔާސީ ހަމަނުޖެހުން ގަނޑުގެ ސަބަބުން އެމަނިކުފާނު އިސްތިއުފާ ދެއްވައި ވެރިކަމުން ފައިބައިވަޑައިގެންނެވި ދުވަސް ކަމަށްވާ 7 ފެބްރުއަރީއާ ދިމާކޮށް އުމަރު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާފައިވަނީ މިއަދު ރާއްޖެ މިއޮތީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަސް ދިވެހިންނާ ބައްދަލުކުރިއިރު އޮތް ޙާލަތުގައި ކަމަށެވެ.
"އެމްއެންޑީއެފް ބޭނުންކޮށްގެން ފަނޑިޔާރަކު ވަގަށްނަގާ، އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވެ، ސަރުކާރުން ދިޔައީ ރައްޔިތުންނަށް ގޯނާ ޖައްސަމުން. އެދަނޑިވަޅުގައި ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ނުކުމެ ދެގޮތެއްނުވެ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ރައީސް ނަޝީދު އަމިއްލަފުޅަށް މީޑިޔާގެ ކުރިމަތީގައި އިސްތިއުފާ ދެއްވުން" 7 ފެބްރުއަރީ މިދުވަހުގެ މުނާސަބުކޮށް ބެހޭގޮތުން އުމަރު ވިދާޅުވެފައި ވެއެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކަކީ އެކަމަށްޓަކައި ފަޚްރުވެރިވާ މަސައްކަތްތަކެއް ކަމަށާއި ސަބަބަކީ "ޑިކްޓޭޓަރެއްގެ ކިބައިން" ގައުމު ސަލާމަތްކޮށް ދެވުން ކަމަށެވެ. އަދި 7 ފެބްރީގައި އޭނާއާއެކު މަސައްކަތް ކޮށްދެއްވި ހުރިހާ "ބަތޮލުންނަށް" ޝުކުރު އަދާކުރާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ނަސީބު ގަދަ، ހިތްވަރު ގަދަ އަދި ދީނަށް ލޯބިކުރާ ބަޔެއް ކަމަށެވެ.
ނަޝީދުގެ ވެރިކަން ބަދަލުކުރަން ކުރެވުނު މަސައްކަތާމެދު ފަޚްރުވެރިވަން- އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ