ސްކޫލް ބަންދާ ދިމާކޮށް ފްލައިމީގެ ބޮޑު ބޯޓުގެ އުދުހުންތައް ފުވައްމުލަކަށް

ވިލާ އެއާގެ ފްލައިމީގެ އޭޓީއާރު މަރުކާގެ މަތިންދާ ބޯޓުގެ އުދުހުންތައް ފުވައްމުލަކަށް ފަށައިފި އެވެ. މި ބޯޓުގެ އުދުހުންތައް ފުވައްމުލަކަށް ފެށީ މިއަދު އެވެ.
ފްލައިމީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ އޭޓީއާރް މަރުކާގެ މަތިންދާ ބޯޓުގެ އުދުހުންތައް ފުވައްމުލަކަށް ފަށާފައިވަނީ، ސްކޫލް ބަންދާއި ދިމާކޮށް ފުވައްމުލަކަށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރަން ބޭނުންވުމާއެކު، ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ދިނުމުގެ ގޮތުން ކަމަށެވެ. އެ ބޯޓު ފުވައްމުލަކަށް ދަތުރުތައް ފެށުމާއެކު، ފްލައިމީން ފުވައްމުލަކަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށް ފަސޭހަ ކަމާއެކު ދަތުރުކުރުމުގެ އުފާ ލިބިގެންދާނެ ކަމަށް ވިލާ އެއާއިން ބުންޏެވެ.
ވިލާ އެއާއިން މިހާރު ގެންދަނީ އެ ކުންފުނީގެ ޚިދުމަތަށް އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ޚިދުމަތަށް އަލަށް ގެނައުމަށް މަސައްކަތް ކުރަނީ މިހާރު ވެސް ބޭނުންކުރަމުންދާ އޭޓީއާރް މަރުކާގެ ބޯޓެކެވެ.
ފުވައްމުލަކުގެ އިތުރުން ފްލައިމީން ގެންދަނީ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓު މާމިގިއްޔަށާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ދަރަވަންދޫ އެއާޕޯޓަށް ދަތުރުތައް ކުރަމުން،ނެވެ. އަދި ފްލައިމީގެ ޚިދުމަތަށް އިތުރު ބޯޓެއް ގެނެވުމާއެކު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ދަތުރުތައް ފަށާނެ ކަމަށް ވަނީ ކުރިން އިއުލާން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ