ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުން ގާސިމް އިބްރާހިމް ވަކިކޮށް އެމްޑީޕީން ބޭނުންވާ މީހަކު ޖޭއެސްސީގެ މެމްބަރުކަމަށް ގެނައުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރުން ހުއްޓުވުމަށްކަމަށް މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ވިދާޅުވީ ގާސިމް އިބްރާހިމްއަކީ ކޮންމެ މަގާމަކަށް ހޮވި ކަމުގައިވީ ނަމަވެސް އެކަމެއް ކުރެވޭނެ ގާބިލް އަދި އެކަމަކަށް ކުފޫ ހަމަވާ ބޭފުޅެއް ކަމަށެވެ.
ގާސިމް އިބްރާހިމް އަކީ އަދާކުރައްވާ ކޮންމެ މަގާމެއްވެސް ފުރިހަމައަށް އަދާކުރައްވާ ބޭފުޅެއް ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.
ދިވެހި ގައުމީ ހަރަކާތުގައި ވެސް މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ މަގުސަދަކީ މިގައުމުން އިސްލާމީ ޝަރީއަތް ފޮހެލުން ކަމަށް އެބޭފުޅުންގެ ދިރާސާތަކާއި ތަޖުރިބާގެ އަލީގައި ކަށަވަރުވާ ކަމަށެވެ.
މީގެ އިތުރުން އަބްދުﷲ ވިދާޅުވީ ގާސިމް އިބްރާހިމްއަކީ ރިޔާސީ އިންތިހާބަށް ފައްކާވަމުން އަންނަ ކެންޑިޑޭޓެއް ކަމަށާއި އެހެން ކަމުން ރިޔާސީ ކެންޑިޑޭޓުންގެ އަގު ވައްޓާލުމަކީވެސް އެމްޑީޕީގެ އަމާޒެއް ކަމަށެވެ.
ޖޭއެސްސީއިން ޤާސިމް ވަކިކުރަން މަސައްކަތް ކުރަނީ އިސްލާމީ ޝަރީއަތް ތަންފީޒުކުރުން ހުއްޓުވަން: އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ