ކުނި ނައްތާލުމުގެ ޕްރޮޖެކުޓުގެ ދަށުން އިތުރު އެއްބަސްވުންތައް ނަހަދާ މަޑުޖައްސާލަން އަންގައިފި

އިންޑިއާގެ ޓަޓްވާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކުނި ނައްތާލުމުގެ ޕްރޮޖެކްޓްުގެ ދަށުން އިތުރު އެއްބަސްވުންތައް ނުހަދާ މަޑު ޖައްސާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގައިފިއެވެ.
އޭސީސީން މިގޮތަށް އަންގާފައިވަނީ ސްޓެލްކޯއާއި ތިލަފުށީ ކޯޕަރޭޝަނަށެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ކުނި ނައްތާލުމުގެ ޕްރޮޖެކްޓްގެ ދަށުން ސްޓެލްކޯއާއި ތިލަފުށީ ކޯޕަރޭޝަނާ އެކު އެއްގުރިމެންޓުތަކެއްގައި ސޮއިކުރުމަށް ނިންމާފައިވާ އިރު، ޓީސީއެލްއަށް ނާންގާ އެތަނުން ބިން ދޭން ނިންމާފައިވާ ކަމަށާއި ސްޓެލްކޯއަށް ކަރަންޓު ވިއްކުމަށް ސްޓެލްކޯއާއި އެކު އެގްރިމެންޓެއް ހަދަން ޖެހޭ ކަން ވެސް އެކުންފުންޏަށް އަންގާފައި ނުވާ ކަމަށެވެ.
"ސިޓީ ކައުންސިލާ ސަރުކާރުން ހެދި އެއްބަސްވުމެއް މިއީ. ދެން އެދެތަނަށް ނޭގި އެމީހުންގެ މިލްކިއްޔާތުތަކެއް ވެސް އޭގެ ތެރޭގައި ހިމަނާފައި މިވަނީ. އެހެންވެ އެކަންތައްތައް މަޑު ޖައްސާލަން އެންގީ" ލުތުފީ ވިދާޅުވިއެވެ.
ޓަޓްވާ ގްލޯބަލްއާއެކު ވެފައިވާ މިއެއްބަސްވުމަކީ 49.2 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް ކުރިއަށް ގެންދާ މިމަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
މަޝްރޫއާ ގުޅޭ ގޮތުން އޭސީސީންދަނީ މައްސަލަތަކެއް ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ