އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުވުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދަށް ކްރިމިނަލް ކޯޓުން ޗިޓް ފޮނުވައިފިއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ ޗިޓް ފޮނުވާފައިވަނީ 2009 ވަނަ އަހަރު ޑީއާރުޕީންކުރި މުޒާހަރާއެއްގައި ސިފައިންގެ ހުންނަ ސަރަހައްދަށް އެއްވި މައްސަލައެއްގައި ދައުލަތުން މިހާރު ކުރަމުން ގެންދާ ދައުވާގެ އަޑުއެހުމަކަން ކަމަށެވެ. މިމައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ މައްޗަށްވެސް ދައުލަތުންދައުވާކުރެއެވެ. ނަމަވެސް މަހްލޫފް ފޯނު ނުނަންގަވާތީ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވުމަށް މަހުލޫފަށް ޗިޓް ފޮނުވިކަން އަދި ސާފެއްނުވެއެވެ.
އަލީ ވަހީދުވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ދަތުރުތަކުގައި ބައިވެރިވެވަޑައި ގަންނަވަމުން ގެންދަވަނިކޮށް ކޯޓުން ޗިޓް ފޮނުވުމުން ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ މިއީ އެމްޑީޕީގެ ވައުދުގެ ދަތުރަށާއި ރިޔާސީ ކެމްޕެއިނަށް ހުރަސް އެޅުމަށް ކުރާކަމެއްކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދަކީ ޖަލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މުގައްރިރެވެ. އެކޮމެޓީންވަނީ ރައީސް ނަޝީދުގެ މައްސަލަބަލާ ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރަކު ކޮމެޓީއަށް ހާޒިރުވުމަށް އަމުރެއްވެސް ނެރެފައެވެ.
އަލީ ވަހީދު ވިދާޅުވީ މަޖިލީހުގައި ފަނޑިޔާރަކާއި ގުޅޭ މަސައްކަތެއް ކޮށްފައި ގެއަށް ވަޑައި ގަންނަވާއިރު ކޯޓަށް ވަޑައި ގެންނެވުމަށް ޗިޓް ފޮނުވުމަކީ މަޖިލީހުގައި ކުރަންޖެހޭ ޤާނޫނީ މަސައްކަތަށް ހުރަސްއެޅުންކަމުގައެވެ. އަދި މިމައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓް ފޮނުފައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ