އަލީ އުމަރު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ގިނަ ކާމިޔާބީތައް ހޯދާދިނުމުގެ މުގުލުގައި ހުރި ރާއްޖޭގެ ޗެމްޕިއަން ނިއަށް ކުޅުނު ތަޖުރިބާކާރު ފޯވާޑް އަލީ އުމަރު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
އައްޔަ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އޭނާ ވަނީ ރޭ ނިއުއިން ބޭއްވި "ނިއުރޭޑިއަންޓު" ނައިޓުގައި އިއުލާންކޮށްފަ އެވެ.
ސަން އަށް އެނގިފައިވާގޮތުން އަލީ އުމަރު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާ އަށް ޕީޕީއެމް ޓިކެޓުގައި ކުރިމަތިލާން ނިންމާފަ އެވެ.
އަލީ އުމަރު ދިވެހި ގައުމީ ޓީމަށް ޖުމްލަ 40 އަށް ވުރެ ގިނަ މެޗް ކުޅެފައިވާ އިރު ޖުމްލަ 12 ގޯލް ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ 16 އަހަރު ކުރިން ފުޓްބޯޅަ ކުޅެން ފެށި އަލީ އުމަރު ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު ފަހުން އޭނަ ވަނީ ސާފް ޗެމްޕިއަންޝިޕުގެ ހަ މުބާރާތެއްގައި ކުޅެފަ އެވެ.
މީގެ އިތުރުން އަލީ އުމަރު ވަނީ ރާއްޖޭގެ މަޝްހޫރު ގިނަ ކުލަބްތަކަށް ވެސް ކުލެފަ އެވެ. އެގޮތުން ޔޫތު ސްޕޯޓްސް ކުލަބާއި ވެލެންސިއާ އާއި އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އަދި ނިއުރޭޑިއަންޓް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ