ސުޕްރީމް ކޯޓުން ފުރަތަމަ ފަރަހަށް އޮންލައިން ފޯރަމެއް ބާއްވައިފި
ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން އޮންލައިން ފޯރަމްއެއް މިއަދު ބާއްވައިފިއެވެ. މިއީ ސުޕްރީމް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ފުރަތަމަ ފޯރަމެވެ. ސުޕްރީމް ކޯޓުން ބުނީ އެއީ މި މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިސުޕްރީމް ކޯޓުގެ ގަވާއިދު (2020) އާ ގުޅޭ މައުލޫމާތު ހިއްސާކޮށް ވަކީލުންގެ ފަރާތުން ފާހަގަކުރަން ބޭނުން ކަންކަން ހިއްސާކުރުމުގެ މަގުސަދުގައި ބޭއްވި ފޯރަމެއް ކަމަށެވެ. މިއަދުގެ ހަވީރު ހަތަރެއް ޖެހި އިރު ފެށި ފޯރަމުގައި، ސުޕްރީމް ކޯޓުގެ އާ ގަވާއިދުގެ ދަށުން އަލަށް ތައާރަފު ކުރެވުނު ކަންތައްތަކާއި، ސުޕްރީމް ކޯޓުގައި އަމަލުކުރެވެމުންދާ އިޖުރާއަތުތަކަށް ގަވާއިދުގެ ދަށުން އައިސްފައިވާ ބަދަލުތައް ވަނީ ހިއްސާކޮށްފައެވެ. އަދި އާ ގަވާއިދާ ގުޅިގެން ވަކީލުންގެ ފަރާތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަން ވެސް ވަނީ ހިއްސާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ