ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކޮށްފި

ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މާދަމައިން ފެށިގެން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް 25000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނެގޭނެ ކަމަށެވެ. އަދި ދުވާލަކަށް 50000 ރުފިޔަ އޭޓީއެމް މެދުވެރިކޮށް ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ޑޮލަރުގެ ގޮތުގައި 1600 ޑޮލަރު ދުވާލެއްގެ މައްޗަށް ނެގޭއިރު 3200 ޑޮލަރު މިބަދަލާއެކު އޭޓީއެމްއިން ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް އިން މިބަދަލު ގެނެސްފައިވަނީ އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް އެކަނި އެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލާ އެކު މާދަމާއިން ފެށިގެން، މާލޭގެ ބްރާންޗްތަކަށް ނުވަތަ ސެލްފް ސާވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ރަށެއްގެ ބްރާންޗަކަށް 25،000ރ. އިން ދަށުގެ އަދަދެއް ޖަމާކުރާ ނަމަ 75ރ.ގެ ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ބީއެމްއެލްގެ ސެލްފް ސަރވިސް ޚިދުމަތް ނުލިބޭ ބްރާންޗަކުން މި ފީ އެއް ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން މުއާމަލާތްކުރުމަށް ބޭންކުގެ ބްރާންޗަކަށް ނުގޮސް ހިލޭ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ބޭނުންކުރުމަށް ބޭންކުން ވަރަށް އެދޭކަމަށެވެ.
މިދިޔަ އަހަރަށް ބަލާލާއިރު 24 ގަޑިއިރު ޚިދުމަތް ލިބޭ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ވަނީ ހިންގާފައެވެ.
ބޭންކުން އުއްމީދު ކުރަނީ މި ގެނެވުނު ބަދަލަކީވެސް ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަކަން ލިބި، އަދި ބްރާންޗްތަކުން ދެމުންދާ ޚިދުމަތައް އިތުުރު ފުރިހަމަކަމެއް ގެނުވާނެ ބަދަލެއްގެ ގޮތުގައި ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ