ގާސިމް އިބްރާހިމްގެ ރިސޯޓްތަކަށް ގެއްލުންދީގެން ގެއްލޭނީ ރައްޔިތުންގެ ތާއީދުކަމަށާ އޭގެ ނަތީޖާއެއްގެ ގޮތުން އެބަޔަކު އިންތިޚާބުތަކުން ވާނީ ބަލިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން ފޮނުވައިގެން ރިސޯޓްތަކުގައި ހުރި ބައެއް މުދާ ނަގަމުންދާ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އުމަރު ނަސީރު ވިދާޅުވީ ގާސިމް އިބްރާހިމްގެ ރިސޯޓްތަކަށް ގެއްލުންދީގެން ކުރީގެ ސަރުކާރުތަކަށްވެސް ލިބިފައިވަނީ ގެއްލުންކަމަށާ މިހާރު މިސަރުކާރުން ހިންގަމުންދާ ކަންކަމުންވެސް މިސަރުކާރަށް ލިބޭނީ ގެއްލުންކަމަށެވެ.
އަދި އެކަމުގެ ސަރުކާރުން ގެއްލޭނީ ރައްޔިތުންގެ ތާއީދުކަމަށާ އޭގެ ނަތީޖާއެއްގެ ގޮތުން އެބަޔަކު އިންތިޚާބުތަކުން ވާނީ ބަލިކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއީ ތަޖްރިބާ ކުރެވިފައިވާ ފެއިލްވެފައިވާ ސިޔާސަތެއްކަމަށެވެ.
ވިލާ ގުރޫޕްގެ ފަސް ރިސޯޓަށް ކަސްޓަމްސްއާއި ފުލުހުން އަދި މީރާގެ މުވައްޒިފުން އަރާފައިވާއިރުމ މިއީ ސިޔާސީގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަލިކަށިކޮށްލުމަށް ކުރަމުންދާކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިސްލާހީ މަސައްކަތުގައި ގާސިމް ކުރައްވާ މަސައްކަތްޕުޅު ހުއްޓުވާލާ ފަހަތަށް ޖެެއްސުމަށް މީގެ ކުރިންވެސް އެމަނިކުފާނުގެ ވިޔަފާރިތަކަށް ގެއްލުންދިނުމާއި، ބަދުނާމުކުރުމުގެ މިފަދަ އަމަލުތައް ވަނީ ހިންގާފައެވެ.
ގާސިމް އިބްރާހިމާއި، އެމަނިކުފާނުގެ ކުންފުނިން ގެންދަނީ ދައުލަތާއި ރައްޔިތުންނަށް ދުވަހަކުވެސް ޚިޔާނާތްތެރިނުވާނެކަމަށާ ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަބަދުވެސް ރައްޔިތުންނަށް އަރުވަމުންނެވެ.
ގާސިމަށް ގެއްލުންދީގެން ގެއްލޭނީ ތާއީދު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ