ބަދަލުގެ ގޮތުގައި 2 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ނުދިންނަމަ މިއަދު ފައިސާ ނެތިގެން އުޅެން ނުޖެހުނީސް: މޮސްޓާ

ބަދަލުގެ ގޮތުގައި މިދިޔަ އަހަރު އެކިފަރާތްތަކަށް 2 ބިލިއަން ރުފިޔާ ނުބެހިނަމަ މިއަދު ފައިސާ ނެތިގެން އުޅެން ނުޖެހިނީސް ކަމަށް ނޮޅިވަރަމް ދާއިރާގެ މަޖިލީސް މެމްބަރު މުހަައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެެވެ. މިގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައި މޮސްޓާ ވިދާޅުވީ، މިދިޔަ އަހަރު 2 ބިލިއަން އެއްހާ ރުފިޔާ އެކި ފަރާތްތަކަށް ބަހާލިކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރިނަމަ، މިއަދު ފައިސާ ނެތިގެން އުޅެން ނުޖެހުނީސް ކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑު-19 އާއި ގުޅިގެން ހަރަދު ކުރުމުގެ ނަމުގައި ވެސް މިހާރު ސަރުކާރުން ކުރަނީ ވައްކަން ކަމުގައި މޮސްޓާ ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ފުރަތަމަ އަހަރުތެރޭގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2 ބިލިއަނާއި ގާތް ކުރާ އަދަދަކަށް ފައިސާ ވަނީ ދީފައެވެ. ފައިސާ ލިބުނު ބައެއް ކުންފުނި ތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އިސްވެރިންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކެވެ. މިގޮތުން އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލްގެ ކުންފުންޏަކަށްވެސް 70 މިލިއަން ރުފިޔާ ދިނެވެ. ކޮވިޑު-19 އާއި ގުޅިގެން މިހާރު ބޮޑު އިޤްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާއިރު ދިވެހިރާއްޖޭގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި އޭގެ ސަބަބުން ސަރުކާރުން ވަނީ މަރުކަޒީ ބޭންކު މެދުވެރިކޮށް ފައިސާ ޖަހަން ނިންމާފައެވެ. އަދި އެކަން ކުރުމަށް ހަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާތައް މިހާރު ވަނީ ސަސްޕެންޑު ކުރެވިފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ