ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިޔާސީ ހަރަކާތެއް ބޭއްވުމަށް ސިޓީ ކައުންސިލުން އާޓިފިޝަލް ބީޗު ދޫކުުރުމަށް ފަހު ހުއްދަ ބާތިލުކޮށް ހަރަކާތް ހުއްޓުވައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކޯލިޝަނަށް ހުއްދަ ދީފައިވަނީ ކޯލިޝަނުގެ ސިޔާސީ ހަރަކާތެއް ބޭއްވުމަށް ކަމަށެެވެ. އެހެންނަމަވެސް އެތަނުގައި ހަރަކާތް ބާއްވަމުން ގެންދިޔައީ އުމަރު ނަސީރު ކަމަށްވާތީ އެ ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އަދި މި ހަރަކާޓުގައި އުމަރު ވާހަކަފުޅު ދެއްކެވުމަށްވެސް ހަމަޖެހިފައި އޮތެވެ.
އެހެންނަމަވެސް ސިޓީ ކައުންސިލުގެ އަމުރާއި އެކު ފުލުހުން އެހަރަކާތް ހުއްޓާލުމަށް އެންގުމުން ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަކީ ފުލުހުންގެ އެންގުމަށް ތަބާވެ، އެއްވުންތައް ބާއްވާނީ ގާނޫނާ އެއްގޮތުގެ މަތިން ފުރިހަމަ ހުއްދައާއި އެކު ކަމަށް ބުނެ ހަރަކާތް ހުއްޓާލާފައެވެ.
އެހެންނަމަވެސް ޕީޕީއެމް ޕީއެންސީ އަދި އުމަރު ނަސީރުގެ ސަޕޯޓަރުންގެ ގޮތުގައި އެ ސަރަހައްދަށް އެއްވި މަދު ބަޔަކު ވަނީ ހަރަކާތް ހުއްޓާލުމަށް ފަހު އާޓިފިޝަލް ބީޗު ކުރިމަތީ ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ، އެމަނިކުފާނު އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ.
އުމަރު ބައިވެރިވާތީ ޕްރޮގްރެސިވް ކޯލިޝަނަށް ދިން ހުއްދަ ބާތިލުކޮށް އެއްވުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ