ކޮމަންޑޫ ދާއިރާގެ ބަހުސް މި މަހު 25 ގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ބަހުސް މިމަހުގެ 25 ވަނަ ދުވަހު ޕަބްލިކް ސާވިސް މީޑިއާއިން ދައްކާގޮތަށް ތާވަލުކޮށްފިއެވެ.މި ބަހުސް އިންތިޒާމު ކުރަނީ ޕީއެސްއެމް އިން ކަމަށްވާއިރު، ބަހުސް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެރޭ 9 ޖަހާއިރު އެވެ.އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ކެންޑީޑޭޓު އަބްދުލް ހައްނާނު އިދުރީސް ނިކުތުމަށް ވަނީ ނިންމާފައެވެ.ފެބްރުއަރީ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނުގެ ކެމްޕޭން ވަރަށް ފޯރިއާ އެކު ކުރިއަށް އެބަދެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ކެމްޕޭނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހު ވަނީ އެ ދާއިރާއަށް ވަޑައިގެންފައެވެ. އަދި ޕީޕީއެމެގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ މިއަދު އެ ދާއިރާއަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ