ހިޔާ 1 އަދި 2 އަށް މިއަދު ކަރަންޓު ދޫކުރާނެ!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފުލެޓުތަކުގެ ތެރެއިން ޓަވަރު 1 އަދި 2 އަށް ކަރަންޓު ދޫކުރުމުގެ މަސައްކަތްތައް މިއަދު ކުރާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެކުންފުނިން ކުރި ޓްވީޓެއްގައި ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މިއަދު 1 އަދި 2 ވަނަ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެކަމަށެވެ.
އެހެންކަމުން ކޮންމެ ފުލެޓުވެރިއަކަށްވެސް ޚާއްޞަ ކުރެވިފައިވާ ގަޑިއަށް އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފުލެޓުގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް އައުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ހިޔާ ފުލެޓުތަކުގެ ޓަވަރުތަކަށް ކަރަންޓު ދެވި، ފިނިޝިންގގެ ކަންތައްތައް ކުރުމުގެ ހުއްދަދެވިފައިވާއިރު އެ ފުލެޓުތަކަށް ބައެއް ޢާއިލާތަކުން މިހާރުވެސް ވަނީ ބަދަލުވެފައެވެ. ނަމަވެސް އެ ފުލެޓުތަކުގައި އުޅޭ މީހުންނަށް ބޭނުންވާނެފަދަ އެއްވެސް އަސާސީ ޚިދުމަތެއް އެ ސަރަޙައްދުގައި ނެތްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ