މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު 7 އިން ފެށިގެން އެއްގަޑިއިރަށް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓްތަކެއް ކުރުމަށް މާދަމާ ހެނދުނު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޓެސްޓްތަކަކީ އެ ސްޓެލްކޯގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓްތަކެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ޓެސްޓްތައް ކުރިޔަށް ދާއިރު މާދަމާ ހެނދުނު 7:00 އާއި 8:00 އާއި ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުރިމަތިވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ފަރާތުން މާފަށް އެދިފައެވެ.
މިދިޔަ އަންގާރަ ދުވަހު މެންދުރު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ. އަދި ބައެއް ލިފްޓް ތަކުގައި މީހުން ތާށިވެ، އެމްއެންޑީއެފުން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ