އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ހަ ވަނަ މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެ މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހަވީރު އެމް.ސީ.އެސް.އީ ޓޭބަލް ޓެނިސް ހޯލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ރައީސާ ވިސާމް އަލީ އެވެ.
މިއަހަރުގެ މުބާރާތުގައި ނުވަ ސްކޫލަކުން ޖުމްލަ 95 ދަރިވަރުން ވާދަކުރާއިރު، މި މުބާރާތުގައި ވާދަކުރާ ބައިވެރިންގެ އުމުރުފުރާ ތަކަކީ ނުވަ އަހަރުންދަށް، ތޭރަ އަހަރުންދަށް، ފަނަރަ އަހަރުންދަށް އަދި ފަނަރަ އަހަރުން މަތީގެ އުމުރު ފުރާތަކެވެ.
މި މުބާރާތުގައި ބައިވެރިވާ ސްކޫލްތަކަކީ މަދަރުސަތުލް އަހުމަދިއްޔާ، އަމީނިއްޔާ ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް އަދި ސެންޓަ ފޯ ހަޔަރ ސެކަންޑަރީ ސްކޫލެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން ރޭގަނޑު8:00 އަށެވެ.
މުބާރަތުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ނެސްލޭ މައިލޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ