ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ޖައިޝަމަށް ލިބިވަޑައިގެންފި

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޑަހުވަދޫ ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި ޕްރައިމަރީއަކާ ނުލާ މުހައްމަދު ޖައިޝަމް އިބްރާހީމަށް ޓިކެޓް ލިބިވަޑައިގެންފި އެވެ.
އެމްޑީޕީން މިއަދު ބުނީ ޖައިޝަމްއަށް ޓިކެޓް ކަށަވަރުވީ އޭނާއާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި ދ.ކުޑަހުވަދޫ އަނބުގަސްދޮށުގެ، މުހައްމަދު އިސްމާއިލްގެ ނަން އަނބުރާ ގެންދިއުމާ ގުޅިގެން ކަމަށެވެ.
ޖައިޝަމްއަކީ ބެންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި މީގެ ކުރިން ހިމެނިވަޑައިގެން އެބޯޑުގައި ދުވަސް ތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޖައިޝަމްގެ އިތުރުން ބައެއް އެހެން ބޭފުޅުންނަށްވެސް ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓް ލިބިފައިވެ އެވެ.
އެމްޑީޕީގެ ބައެއް ދާއިރާތަކުގެ ޕްރައިމަރީ ނިމިފައިވާއިރު، ޕްރައިމަރީގެ ކަންކަން ނުނިމިވާ 30 ދާއިރާގެ ޕްރައިމަރީ މާދަމާ ކުރިއަށް ގެންދިއުމަށް އެމްޑީޕީން މިހާރު ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ