ކައުންސިލް އިންތިހާބު ފަސްކުރުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސް ކަމުގެ ހުންނެވި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އިންތިޚާބު ފަސްކުރަން ޖެހެނީ ކޮވިޑް-19 ގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރަން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
އެމްއާރްއެމް އިން ވެސް ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް އެޕާޓީން ކެމްޕޭން ހަރަކާތްތަކެއް ކުރިއަކަށް ނުގެންދެއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނިފައި ވާތީ ކައުންސިލް އިންތިޚާބު ލަސްކުރަން ބައެއް އެހެން ފަރާތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހަފްތާގައި ވެސް ވިދާޅުވީ ކައުންސިލް އިންތިޚާބު ފަސްކުރަން އަދި ނިންމާފައި ނުވާކަމަށެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާތީ ސިޔާސީ ޕާޓީތަކުން ވަނީ މިހާރު އިންތިޚާބުގެ ކެމްޕޭން ވެސް ހުއްޓާލާފައެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ ހަމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭގެތެރޭގައި އަދި ދިވެއްސަކު ނުހިމެނެއެވެ.
ކައުންސިލް އިންތިހާބު ފަސްކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ